މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު މި ސަރުކާރުން ދޫކުރިކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްކެވި ވާހަކަފުޅު ބަންޑާރަ ނައިބު އަހުމަދު އުޝާމް ދޮގުކުރައްވައިފި އެވެ.
ރައީސް ސޯލިހުގެ އެ ވާހަކަފުޅާ ގުޅިގެން ބަންޑާރަ ނައިބް އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް މި ސަރުކާރުން ދޫކޮށްލިކަމަށް ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.
"އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު. އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލާފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު،" އުޝާމް ވިދާޅުވި އެވެ.
ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މިސަރުކާރުންކަމަށް ވިދާޅުވެ ރައީސް ސޯލިހު ރޭގަ ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް.
އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު.… pic.twitter.com/TsA5zcYp6T
— Ahmed Usham (@a_usham) May 16, 2026
އުޝާމް ވަނީ މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.