Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

ގިނައަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހޯދައިފި

ފުލުހުން އިއްޔެ އަތުލައިގަތް ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތައް/ ފޮޓޯ: ޕޮލިސް

ގިނައދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ 22 ޕެކެޓާއި، ލެޕްޓޮޕަކާއި ޕްރޮޖެކްޓަރެއް ފުލުހުން ހޯދައިފިއެވެ.

އައްޑޫގައި ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގައި އިއްޔެ ފުލުހުން ހޯދާފައިވަނީ 53538.50 ރުފިޔާއެވެ. މިހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ނުބުނެއެވެ.

މީގެ އިތުރުން އިއްޔެ މެންދުރު 12:50 ހާއިރު 17 އަހަރުގެ ފިރިހެން ކުއްޖަކުވެސް ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ 22 ޕެކެޓާއި އެކު ހިތަދޫ ދެތެރެއިން ހައްޔަރުކޮށްފައެެވެ.

ފުލުހުން އިއްޔެ ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 57 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ހިންގަމުންދާ ހާއްސަ ހަރަކާތާއި ގުޅިގެން އާއްމުންދަނީ ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދެމުންނެވެ. އެހެންވެ ފުލުހުން އައްޑޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއެވެ.