Last Updated: July 11, 11:41
Saturday, July 11, 2026
ކުޅިވަރު

ޗެލްސީގެ އާ ކޯޗަކަށް އޮލޮންސޯ

ޗެލްސީގެ އާ ކޯޗުކަމުގެ މަގާމަށް ޒަބީ އޮލޮންސޯ ގެނައުމަށް ނިންމައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗެލްސީގެ ކޯޗުކަމުގެ މަގާމާއި އޮލޮންސޯ ހަވާލުވާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ޗެލްސީން މިކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކުރިން ލިވަޕޫލްގެ އިތުރުން ބަޔާން މިއުނިކާއި ރެއާލް މެޑްރިޑަށް ކުޅުނު އޮލޯންސޯ ކޯޗިންގައި ވިދާލީ ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަންއާއެކުގަ އެވެ. އެގޮތުން 2023-24 ވަނަ އަހަރު ސީޒަނުގައި ޖަރުމަނު ލީގު، އެއްވެސް މެޗަކުން ބަލިނުވެ ނަގާފައިވާ އިރު، އެ ސީޒަނުގެ ޖަރުމަނު ކަޕް ވެސް ލެވަކޫސަންއިން ހޯދި އެވެ. އަދި ޔޫރޮޕާ ލީގުގެ ފައިނަލަށް ވެސް އެޓީމު ދަތުރުކުރި އެވެ.

އޭގެފަހުން އޮލޮންސޯ ދެން ހަވާލުވީ ރެއާލް މެޑްރިޑާ އެވެ. އެހެން ނަމަވެސް މިދިޔަ ޖެނުއަރީގައި އޮލޮންސޯ ވަނީ އެ މަގާމުން ދުރަށް ގޮސްފަ އެވެ.

ޗެލްސީން މި ސީޒަން ފެށީ އެންޒޯ މަރެސްކާއާ އެކުގަ އެވެ. ސީޒަންގެ ވަކި ހިސާބަކުން މަރެސްކާ ދުރުކޮށް، ލިއަމް ރޮސެނިއާ ކޯޗަކަށް ގެންގޮސްފައިވާ އިރު، ދާދިފަހުން އޭނާވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. ޗެލްސީގައި މިހާރު ހުރީ ވަގުތީ ކޯޗެކެވެ.