ރާއްޖެ އިން މި އަހަރަށް ހައްޖަށްދާ މީހުންގެ ދެވަނަ ގްރޫޕް މިއަދު ފުރައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގައި ސައުދީ އަށް ފުރީ 260 ހައްޖުވެރިންނެވެ. އެ މީހުން ފުރީ ހެނދުނު 07:10 ގަ އެވެ. އަދި ޖިއްދާއަށް ދެވޭނެކަމަށް ބެލެވެނީ ރާއްޖެ ގަޑިން މެންދުރު 12:00 ގަ އެވެ.
ހައްޖުވެެރިންގެ ފުރަތަމަ ގްރޫޕް ސައޫދީ އަރަބިއްޔާ އަށް ފުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު ސައުދީ އެއާލައިންގެ ފުރީ 235 ހައްޖުވެރިންނެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެ އިން މި އަހަރު ވެސް 1،000 މީހުން ހައްޖަށްދާ އިރު، ހައްޖާޖީން ފުރަން އޮތީ ހަތަރު ދުވަސްމަތިންނެވެ. ބާކީ ތިބި ހައްޖުވެރިންގެ ތެރެއިން މާދަމާ 268 އަދި އަންގާރަ ދުވަހު 253 ޙައްޖުވެރިން ފުރާނެ އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 އެވެ.