އައްޑޫގައި ވައްކަން އިތުރުވާތީ މިކަމަށް ހޭލުންތެރިކަން އުފައްދަން ފުހުން ހިތަދޫގައި ހަރަކާތެއް ހިންގައިފި އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތުުގައި ފިހާރަތަކަށް ވެސް ޒިޔާރަތްކޮށް ބައެއް މީހުންނާ ވެސް ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށް، ވައްކަމުގެ ހާދިސާތަކުން ރައްކާތެރިކަން ހޯދުމާ ގުޅޭ ލީފްލެޓްތަކެއް ވެސް ބަހާފައިވެ އެވެ.
އައްޑޫގައި މި ފަހަކަށް އައިސް ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ މިދިޔަ ހަފުތާގައި ފުލުހުން ވަނީ ވައްކަން ގިނަކަން ފާހަގަކުރެވޭތީ، ހާއްސަ ސަމާލުކަމެއް ދީންގެ އަވަށްތައް ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި ކުށް ކުރާ މީހުންނާ މެދު ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިއްބެވުމަށް ރައްޔިތުންނަށް އިލްތިމާސް ވެސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުން ބުނީ ވައްކަން ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކު ކުރެވޭ އެއްވެސް އެއްޗެއް މީހަކު ވިއްކަން އުޅޭ ނަމަ، ނުވަތަ ވިއްކުމަށް ހުށަހަޅާ ނަމަ އެފަދަ ތަކެތި އެ މީހެއްގެ އަތުން ނުގަތުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސް ނުކޮށް ކޯލް ސެންޓަރު ނަމްބަރު 125 އަށް ގުޅައި ހިއްސާކޮށް ދޭން ވެސް އެދޭ ކަމަށެވެ.