"ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން ނަންދީފައިވާ 700 ކިލޯގެ ބިޔަ މީގޮނެއް، ބަންގްލަދޭޝްގައި ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށްސަމާލުކަން ހޯދައިފި އެވެ.
ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ރައީސެވެ.
ބޮޑު ޢީދުގެ ޤުރުބާނީގެ އުފާވެރިކަމުގެ ކުރިން، އޭނަގެ ނަމުން ނަން ދީފައިވާ ބަންގްލަދޭޝްގެ ޖަނަވާރު ދުށުމަށް ކެތްމަދުވެފައިވާ ގިނަ ބަޔަކު ވަނީ އެ ސަރަޙައްދަށް އެއްވެފައެވެ. ސައިޒުގެ ގޮތުންނާއި، މުޅިން ތަފާތު ނަމެއްގެ ސަބަބުން މަޝްހޫރުކަން ހޯދާފައިވާ، އެ މީގޮނު ވަނީ، އިޖުތިމާޢީ މީޑިއާގެ އެކިއެކި މަންސަތަކުގައި ވަރަށް އަވަހަށް ވިއަރިވެފަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އެ މީގޮނު ފެނޭތޯ ގިނަ ބަޔަކު އަންނަނީ އެތަނަށް ޖަމާވަމުންނެވެ. އަދި، އެތަނަށް އެއްވި ގިނަ ބަޔަކު ވަނީ، އެ މީގޮނުގެ ފޮޓޯތަކާއި ވީޑިއޯތައް ނަގައި، އޮންލައިންކޮށް ޙިއްޞާކޮށްފައެވެ.
އާދަޔާޚިލާފު ނަމެއް، އެ މީގޮނަށް ދިނުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެ ވާހަކަ ފަތުރަމުންނެވެ. އަދި، އެ މީގޮނަކީ، މި މޫސުމުގައި އެންމެ ގިނަ ބަޔަކު އެ ވާހަކަ ދައްކާ އެއް ޤުރުބާނީ ޖަނަވާރެވެ. ދަނޑުވެރިން ވަނީ، އެ ޖަނަވާރުގެ ބަރުދަނާއި، އަދި އެއީ ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެއްގެ ގޮތުގައި ފާހަގަކޮށް، އާންމުންގެ ސަމާލުކަން ވަނީ އިތުރަށް ހޯދައިފަ އެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.