މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޗެއާމަން ޝަމްހޫޒާ އަޙްމަދު މަޤާމުން ވަކިކޮށްފިއެވެ.
އޭނަ މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ހާމަކުރި ނަމަވެސް ސަބަބެއް ހާމައެއް ނުކުރެ އެވެ.
އައްޑޫ ފޭދު އަށް ނިސްބަތްވާ ޝަމްހޫޒާ މަޤާމުން ވަކިކޮށްފައިވާ އިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަމުންނެވެ.
ފެން ކުންފުނީގެ ޗެއާމަން ވަކިކުރި އިރު، މިދިޔަ މަހުގެ 12 ގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ ފަހުން މިދިޔަ މަހުގެ 14 ގައި އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ޙުސެއިން ފަޙުމީ ވަނީ އައްޔަންކޮށްފަ އެވެ.