ނުރައްކާތެރިކޮށް ދުއްވުމަކީ ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމެ އެއް ކަންތައް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
އެހެންކަމުން، މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން ހުރިހާ ރައްޔިތުންނަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.