Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފަށައިފި

ރާއްޖެއިން އޮސްޓްރޭލިއާ އަށް ކުރާ ފުރަތަމަ ސީދާ ދަތުރުތައް ރަސްމީކޮށް ފަށައިފި އެވެ.

މި ތާރީހީ ދަތުރުތައް ފަށާފައިވަނީ މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓުގަަ އެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާ އަށް ކުރާ ދަތުރުތަކުގައި ހަފުތާއަކު އެއް ދަތުރު މާލެ އާއި މެލްބަންއާ ދެމެދު ކުރާނެ އެވެ. އަދި ޑިމާންޑަށް ބެލުމަށް ފަހު ދަތުރުތައް އިތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.

އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިދިޔަ މާޗު މަހުގެ 19 ގައި އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވެ އެވެ.

އެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވެ އެވެ.

އޮސްޓްރޭލިއާ އަށް މޯލްޑިވިއަންގެ ދަތުރުތައް ބާއްވާނީ ވައިޑް ބޮޑޯ ބޯޓްގަ އެވެ. އެ އެއާލައިނުން އަންނަނީ ޗައިނާ އާއި އިންޑިއާ އަދި ބަންގްލަދޭޝް އަށް ވެސް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.