'ޖޭމްސް ބޮންޑް' ގެ ރޯލަށް ދެން ގެންނަންވީ ބޮލީވުޑްގެ ތަރި، ޖޯން އަބްރަހަމް ކަމަށް މަޝްހޫރު ޑައިރެކްޓަރު ޝޭކަރް ކަޕޫރް ބުނެފި އެވެ.
ހޮލީވުޑްގެ ފިލްމުތަކެއް ވެސް ގެނެސްދީފައިވާ އިންޑިއާގެ ޑައިރެކްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ބޮންޑް ސީރީޒްގެ 26 ވަނަ ފިލްމަށް އެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނަގެ ވޯޓް ދާނީ ޖޯން އަށް ކަމަށެވެ. ޝޭކަރް ބުނީ ޖޯން އަކީ ޖޭމްސް ބޮންޑްގެ ރޯލަށް ނަގަން ކަމުދާ ކަހަލަ ސިފަތަކެއް ހުރި އެކްޓަރެއް ކަމަށާއި އެ ރޯލު ކުޅެން އޭނަ އަކީ ރަނގަޅު އެކްޓަރަކަށް ވާނެ ކަމަށެވެ.
As the search of the next Bond heats up, my vote for the next James Bond after Daniel Craig would be John Abraham. He has the cool ‘shaken not stirred’ persona and certainly good actor with the ‘Bond Charm’
By the way Daniel Craig was cast as James Bond after the producers saw…
— Shekhar Kapur (@shekharkapur) May 16, 2026
ވަރަށް މަގުބޫލު ހިންދީ ފިލްމުތަކެއް ކަމަށްވާ 'މާސޫމް' އާއި 'މިސްޓަ އިންޑިއާ' ވެސް ގެނެސްދިން ޑައިރެކްޓަރު ފާހަގަކުރި ގޮތުގައި ބޮންޑްގެ އެންމެ ފަހުގެ ފަސް ފިލްމުގައި އެ ރޯލު ކުޅުނު އިނގިރޭސި އެކްޓަރު ޑެނިއަލް އަށް ކްރެއިގަށް އެ ރޯލު ކުޅެން ލިބުނީ ވެސް އޭނަގެ ސަބަބުންނެވެ.
އެގޮތުން ބޮންޑްގެ ރޯލު ކުޅެން ކްރެއިގަށް ފުރުސަތު ދޭން ޕްރޮޑިއުސަރުން ނިންމީ އޭނަ ޑައިރެކްޓްކޮށް 1998 ގައި ގެނެސްދިން ތާރީހީ ބައޮގްރަފިކަލް ޑްރާމާ 'އެލިޒަބަތު' އިން ކްރެއިގް ފެނިގެން ކަމަށް ޝޭކަރް ބުންޏެވެ. އޭގައި ކްރެއިގް ކުޅުނީ ޖޯން ބެލާޑް ކިޔާ ކެރެކްޓާއެކެވެ.
Thank you so much Sir @shekharkapur Truly humbled by your words and encouragement. Coming from someone who not only redefined storytelling but also had the instinct to spot Daniel Craig before the world saw Bond in him… this means a lot to me.
As for Bond… I’ll happily start… https://t.co/eQCOxnQmaE— John Abraham (@TheJohnAbraham) May 16, 2026
'ޖޭމްސް ބޮންޑް' ގެ އާ ފިލްމަށް ބޮލީވުޑްގެ އެކްޓަރު ގެންނަން ޖެހޭ ވާހަކަ ޝޭކަރް ހާމަކުރުމުން ޖޯން، 53، އެކަމަށް ޝުކުރު އަދާކޮށް، ޝޭކަރް ފަދަ ޑައިރެކްޓަރަކު އެފަދަ އެއްޗެއް ބުނުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބުންޏެވެ. އަދި ބޮންޑްގެ ރޯލަށް ތައްޔާރަށް ކަމަށް ވެސް ވަރުގަދަ އެކްޝަން ތަރި ބުންޏެވެ.
ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމަކީ ކްރެއިގް ބޮންޑްގެ ރޯލަށް އަލްވަދާއު ކީ ފިލްމު 'ނޯ ޓައިމު ޓު ޑައި' އެވެ.
ދެން ބޮންޑްގެ ރޯލު ކުޅޭނެ އެކްޓަރަކު އަދި ކަށަވަރު ނުވާ އިރު، އެ ރޯލަށް ދެން ނަގައިފާނެ ކަމަށް ބުނެ އެތައް އެކްޓަރުންނެއްގެ ވާހަކަ މިހާތަނަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އެގޮތުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޮންޑްގެ ރޯލަށް ދެން އެކްޓަރަކު ނެގުމުގައި 30 އަހަރުން ދަށުގެ އެކްޓަރަކަށް އިސްކަން ދޭނެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އިނގިރޭސީ ޖާސޫސީ އޭޖެންޓްްގެ ރޯލު މިހާތަނަށް ކުޅެފައި ވަނީ އިނގިރޭސި އެކްޓަރުންކަމެވެ.
ބޮންޑްގެ އާ ފިލްމު ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ ޑެނިސް ވިލެނޯވްއާ އެވެ. އެކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ޑެނިސް އަކީ 'ޑޫން' ޓްރިލޮޖީގެ ޑައިރެކްޓަރެވެ.