Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

ޓެކްނޮލޮޖީއާ އެކު ބޭންކްގެ ޒިންމާތައް ވެސް ބޮޑު

ގައުމީ ބޭންކްގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އަމާޒަކީ އާ އީޖާދުތަކާއެކު މުޅި ރާއްޖެ އަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށް ދިނުން ކަމަށް އެ ބޭންކްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެ ވެ.

ބޭންކާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގުޅިގެން ބާއްވާ "ކޮލެބް 26" ހެކަތަންް ފެށުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ބީއެމްއެލުނން ޓެކްނޮލޮޖީ ދެކެނީ ހަމައެކަނި ހިންގުމުގެ ނިޒާމު ހަރުދަނާކުރާ ވަސީލަތެއްގެ ގޮތުގަ އިނޫން ކަމަށެވެ. އޭގެ ބަދަލުގައި، މިއީ އިޤުތިޞާދީ ގޮތުން އެންމެން ބައިވެރިކުރުވުމަށާއި ދުރު ރާސްތާގެ ތަރައްޤީ އަށް ޤައުމީ ފެންވަރުގައި މަގުފަހިކޮށްދޭ މުހިންމު ބާރެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ ޤައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްގެ ދައުރަކީ ހަމައެކަނި މާލީ ޚިދުމަތްތައް ފޯރުކޮށް ދިނުން ނޫން ކަމަށް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ، ޤައުމީ ކުރިއެރުމަށް އެހީތެރިވުމާއި، އިޤުތިޞާދީ ދެމެހެއްޓެނިވިކަން ވަރުގަދަ ކުރުމާއި، އަދި އާ އީޖާދުތަކުގެ ސަބަބުން މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށް ދިނުމަކީ ބޭންކުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"މިއަދު ޑިޖިޓަލް ބޭންކިންގް އޮނިގަނޑާއި، އޮޓޯމޭޝަން އަދި މަޢުލޫމާތާއި ހިސާބުތަކުގެ އެހީގައި ފޯރުކޮށްދޭ ޚިދުމަތްތަކާއެކު، ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިޔަސް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ބޭންކުގެ ޚިދުމަތްތައް ފަސޭހައިން ލިބެން އެބަހުރި." އޭނަ

ޝަރީފް ވިދާޅުވީ ބީއެމްއެލާއި މައިންޑްކޯ ގުޅިގެން ތައާރަފުކުރި ކޮމްޕިޓެންސީ ސެންޓަރުގެ މަގުޞަދަކީ، އުނގެނުމާއި، ގުޅިގެން މަސައްކަތް ކުރުމާއި، ތަޖުރިބާ ކުރުމާއި، އަދި އައު އީޖާދުތަކަށް ފުރުސަތުތަކެއް ހުޅުވާލައިގެން، އަލަށް އުފެދޭ މިފަދަ ޓެކްނޮލޮޖީތަކަށް ޤައުމީ ފެންވަރުގައި އަހުލުވެރިވުމަށް އެހީތެރިވެ ދިނުން ކަމަށެވެ.

އެހެންވެ އުންމީދަކީ ދިވެހި ހުނަރުވެރިން ބިނާކުރުމަށް އެހީތެރިވުމާއި، ވިޔަފާރިތަކާއި އިދާރާތައް ބާރުވެރިކުރުވުމާއި، އަދި ރާއްޖޭގައި ވަރުގަދަ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމަށް ހިއްސާވުން ކަމަށް ވިދާޅުވި އެވެ.

'ކޮލެބް 26 ހެކަތަން' ކުރިއަށް ދާނީ މާދަމާހެ ނިޔަލަށް، ބާސެލޯ ނަސަންދުރާގަ އެވެ.