Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ގުޅުން ބަދަހި ކުރަން ރާއްޖެ އާއި ސައުދީ މަޝްވަރާކޮށްފި

ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރާ އެކު އިރުތިޝާމް.

ރާއްޖެ އާއި ސަޢުދި އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރެވުނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ސަޢުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސަޢުދު ވަނީ ފޯނުން ގުޅުއްވަ އެވެ.

މި މަޝްވަރާއާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ ދެ މިނިސްޓަރުންގެ މި ފޯނު ކޯލުގައި ދޭދޭ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތަރައްގީގައި ސައުދީގެ ހިއްސާ މިނިސްޓަރު އިރްތިޝާމް ފާހަގަ ކުރައްވައި މިދިޔަ އަހަރާއި މި އަހަރު ވެސް މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައި ޙައްޖާޖީންނަށް ފޯރުކޮށް ދެމުން އަންނަ ޚިދުމަތްތަކަށާއި އެ ޤައުމުން ދިވެހި ވަފުދުތަކަށް އަދާކުރައްވާ މެހްމާންދާރީ އަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މީގެ އިތުރުން މަޝްވަރާތަކުގައި ސަރަހައްދީ ތަރައްގީގެ ދާއިރާތަކަށް ވެސް ދެ މިނިސްޓަރުން އަލިއަޅުއްވާލައްވައި، ގުޅިގެން ކުރެވޭ މަޝްވަރާތަކުން ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ގާއިމު ކުރުމަށް ރާއްޖޭން އަބަދުވެސް ތާޢީދު އޮންނާނެކަމުގެ ޔަގީންކަން މިނިސްޓަރު އިރުތިޝާމް ދެއްވާފައިވެ އެވެ.