ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންނާއި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވާ ކަމަށެވެ.
"ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފަ،" އެމްއެންޑީއެފުން ބުންޏެވެ.
މި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގައި ކަނޑު އަޑީގެ ހޮހަޅައަކަށް ފީނީ އިޓަލީގެ ފަސް ޑައިވަރުންނެވެ. އޭގެ ތެރޭގައި އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރެއްވެސް ހިމެނެ އެވެ.
ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެ ދުވަހު ވަނީ ފެނިފަ އެވެ.