ކަނޑުމަގުން ވަގަށް ރާއްޖެއަށް އެެތެރެ ކުރަން އުޅުނު 2.3 މިލިއަން ސިނގިރޭޓް ސްޓިކް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުންނެވެ.
ކަސްޓަމްސްއިން ބުނީ މި އޮޕަރޭޝަނުގައި ޖުމްލަ 2,304,200 (ދެ މިލިއަން ތިން ލައްކަ ހަތަރު ހާސް ދުއިސައްތަ) ސިނގިރޭޓު ސްޓިކްސް އަތުލައިގަނެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.