މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ތިންވަނަ ގުރޫޕު ފުރައިފިއެވެ.
މި ފްލައިޓުގައި 250 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފަ އެވެ. ފުރަތަމަ ފްލައިޓުގައި 238 މީހުން ފުރާފައިވާއިރު، ދެވަނަ ފްލައިޓުގައި 260 ޙައްޖުވެރިން ފުރާފައިވެ އެވެ.
މިއަދު މައްކާއަށް ދާ ތިންވަނަ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.