އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިންޑިއާގެ ފިލްމު 'ޕެއްޑީ' ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ އިންޑިއާގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ސްޕޯޓްސް އެކްޝަން ޑްރާމާ އަކީ މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމެކެވެ. އޭނަގެ ވަރަށް ވަރުގަދަ ރޯލެއް ކުޅެފައިވާ ފެއްޑީ ޑައިރެކްޓްކޮށްފައި ވަނީ ބުޗީ ބާބޫ ސަނާ އެވެ.
އަންނަ މަހުގެ 4 ގައި ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައިވާ ފިލްމުގެ ބަތަލާ އަކީ ޖާންވީ ކަޕޫރެވެ. މިއީ އޭނަގެ އޭނަގެ ދެވަނަ ތެލެގޫ ފިލްމެވެ. ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅުގެ ފުރަތަމަ ތެލެގޫ ފިލްމަކީ އެންޓީއާރް ޖޫނިއާއާ އެކު ކުޅުނު 2024 ގެ 'ދޭވްރާ: ޕާޓް 1' އެވެ.
'ޕެއްޑީ' ގެ އިތުރު ކާސްޓުންގެ ތެރޭގައި ޝިވާ ރާޖްކުމާރު، ދިވްޔެންޑޫ، ޖަގަޕަތީ ބާބޫ، ބޮމަން އިރާނީ، ރަވީ ކިޝަން، ވިޖީ ޗަންދުރަސޭކަރް، ސަތިއާ، ޖޯން ވިޖޭ، އަޖޭ ގޯޝް، ހަރީޝް ޕެރާޑީ އަދި އުޕެންދުރަ ލިމާޔޭ ހިމެނެ އެވެ.
ޕެއްޑީގެ ޓްރެއިލާ މިއަދު ދައްކައިލި އިރު، މި ފިލްމުގެ ލަވަތަކުގެ ތެރޭގައި ހިމެނޭ މިދިޔަ އަހަރުގެ ފަހުކޮޅު އާންމު ކުރުމާ ގުޅިގެން އެ ލަވަ ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ. އެގޮތުން ލަވައިގައި ޗަރަން ދައްކުވައިދޭ ނެށުމުގެ ބައެއް ސްޓެޕްތައް އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ވައިގައި ހިފި އެވެ.
'ޕެއްޑީ' ގެ މިއިުޒިކް ހަދާފައި ވަނީ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާނެވެ.