Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު އިސްތިއުފާދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޔަޒްމީދު އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ޔަޒްމީދަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރެވެ.

ޔަޒްމީދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ފެބުރުއަރީ 23، 2024 ގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސަމީރު ވަކިކުރެއްވުމަށްފަހުއެވެ.