މި ސީޒަނަށްފަހު ސިޓީގެ ކޯޗުކަމުގެ މަގާމު ދޫކޮށްލަން ޕެޕް ގާޑިއޯލާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ގާޑިއޯލާ ،55، ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި އެއް އަހަރު އޮތްއިރު، ރިޕޯޓުތައް ބުނާގޮތުން ގާޑިއޯލާ މިހާރު ވަނީ މި ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެގޮތުން މި ސީޒަނުގެ ފަހު މެޗަށް ފަހު ސިޓީން ރަސްމީކޮށް މިކަން އިއުލާންކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ސިޓީއަށް ގާޑިއޯލާގެ ބަދަލުގައި ދެން އައުން އެންމެ ކައިރީ ޗެލްސީގެ ކުރީގެ ކޯޗު އެންޒޯ މަރެސްކާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ގާޑިއޯލާ ސިޓީގައި ހޭދަކުރި 10 އަހަރުތެރޭ ވަނީ އެ ކްލަބަށް 20 ތަށި ހޯދާދީފަ އެވެ. އޭގެތެރޭގައި 6 ޕްރިމިއާ ލީގާއި، ތިން އެފްއޭ ކަޕާއި، 5 އިނގިރޭސި ލީގު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގެއް ހިމެނެ އެވެ.
ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދީފައިވާ ގާޑިއޯލާ ވަނީ ސިޓީއާއެކު ޕްރިމިއާ ލީގުގެ ގިނަ ރެކޯޑުތަކެއް ވެސް މުގުރާލައިފަ އެވެ.