އޮސްޓްރޭލިއާގެ އަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ފެށި ދަތުރުތަކާ އެކު އެ ގައުމުން އެ އެެއާލައިންގެ ފުރަތަމަ ދަތުރުގައި ރާއްޖެ އަށް މީހުންނަށް ވެލާނާ އެއާޕޯޓުން މިއަދު މަރުހަބާ ކިޔައިފި އެވެ.
މިކަމަށްޓަކައި މިއަދު އެއާޕޯޓްގައި އޮތް ރަސްމިއްޔާތުގައި މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭސް) ގެ އިސްވެރިންނާއި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސްވެރިންނާ އެކު ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާ އަށް ކުރާ ދަތުރުތަކުގައި ހަފުތާއަކު އެއް ދަތުރު މާލެ އާއި މެލްބަންއާ ދެމެދު ކުރާނެ އެވެ. އަދި ޑިމާންޑަށް ބެލުމަށް ފަހު ދަތުރުތައް އިތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.
މޯލްޑިވިއަންގައި އޮސްޓްރޭލިއާ އިން އައި މީހުންނަށް މަރުހަބާ ކިޔައި، މޯލްޑިވިއަންގެ ފަރާތުން ހާއްސަ ހަނދާނީ ހަދިޔާ ވެސް ދީފައިވެ އެވެ.
ރާއްޖެ އާއި މެލްބަންއާ ދެމެެދު ސީދާ ދަތުރުތައް ފެށީ ހޯމަ ދުވަހު އެވެ. މި ދަތުރުތައް ކުރަނީ މޯލްޑިވިއަން ވައިޑް ބޮޑީ ބޯޓް، އޭ330 ގަަ އެވެ.
މޯލްޑިވިއަނުން ބުނީ މާލެ އާއި މެލްބަންއާ ދެމެދު ހަފުތާއަކު އެއް ދަތުރު ބާއްވާނެ ކަމަށެވެ. އަދި ޑިމާންޑަށް ބަލައި ދަތުރުތައް އިތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.
އޮސްޓްރޭލިއާ އަކީ ރާއްޖެ އާންމުކޮށް ޓޫރިސްޓުން ވެސް އަންނަ ގައުމެކެވެ.