Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ދިވެހި ހައްޖާޖީންގެ ފަހު ގްރޫޕް ފުރައިފި

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުންގެ ފަހު ގްރޫޕް މިއަދު ފުރައިފި އެވެ.

މޯލްޑިވިއަންގައި މިއަދު ހެނދުނު 9:45 ގައި ފުރި ގްރޫޕްގައި 253 ހައްޖުވެރިން ހިމެނެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރާއްޖެ އިން މީހުން ގެންދިޔައީ ސަރުކާރުގެ ހައްޖު ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. އަދި ހައްޖުވެރިން ސައޫދީ އަރަބިއްޔާ އަށް ދަތުރުކޮށްފައި ވަނީ މޯލްޑިވިއަންގެ އިތުރުން ސައުދީ އެއާލައިންގަ އެވެ.

ދިވެހި ހައްޖާޖީން އެ ގައުމަށް ފުރީ ހަތަރު ދުވަސް މަތިންނެވެ. އެގޮތުން ފުރަތަމަ ގްރޫޕް ފުރީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ދެވަނަ ގްރޫޕް ފުރީ އާދީއްތަ ދުވަހު އެވެ. ތިން ވަނަ ގްރޫޕް ފުރީ އިއްޔެ އެވެ.

ރާއްޖެ އިން މި އަހަރު ވެސް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 26 އެވެ.