Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ސިންގަޕޫރުގެ ސަފީރު ވަދާއީ ޒިޔާރަތްކޮށްފި

ސިންގަޕޫރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ސޫ ކޮކް ލެންގް، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި، ސަފީރު ލެންގްގެ ދައުރުގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް މިނިސްޓަރު އިރުތިޝާމް ޝުކުރު އަދާކުރެއްވި އެވެ. އަދި ސިންގަޕޫރު ސަރުކާރުން ރާއް ޖެއަށް މެދުނުކެނޑި ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ވެސް ޝުކުރު ދެންނެވި އެވެ.

ސަފީރު ސޫ ކޮކް ލެންގްގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސިންގަޕޫރުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

މީގެ އިތުރުން ސިންގަޕޫރާއެކު އޮންނަ ގާތް ގުޅުން ކުރިއެރުވުމަށް ދިވެހި ސަރުކާރުން ދޭ އިސްކަން މިނިސްޓަރު އިރުތިޝާމް ފާހަގަކުރައްވައި، ސަފީރުގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަތެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރަށް ވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.