ފުލުހުންގެ ބަންދުގައި ހުރި މީހަކު ފަރުވާ އެޑްމިޓް ކުރުމުން ފިލައިގެން އުޅެނިކޮށް އަލުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ބުނީ މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން، އޭނާ ހޯދުމަށް ކުރި މަސައްކަތުން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސް، ބަންދުން ފިލި މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ދާދި ފަހުން ގއ. ވިލިގިނލީގައި ވެސް ފުލުހުންގެ ބަންދުގައި ހުރި މީހަކު ފަރުވާ އެޑްމިޓް ކުރުމުން ފިލާފައި ވަނިކޮށް ހައްޔަރުކުރި އެވެ.