ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ނ. މިލަދޫ މީހަކު 25 އަހަރަށް ޖަލަށް ލާ ހުކުމްކޮށްފި އެވެ.
ކްރިމިނަކް ކޯޓން އިއްޔެ އެ ހުކުމް އިއްވީ މލަދޫ އަލަމާގޭ، އަޙްމަދު ޢަބްދުލްހާދީ، 43، ގެ މައްޗަށެވެ. އޭނަ 25 އަހަރަށް ޖަލަށްލުމާއެކު 100،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މާޗް 4، 2022 ގަ އެވެ.
މައްސަލައިގެ ތަހުގީގު ނިންމައި، ހާދީގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެ އަހަރުގެ އެޕްރީލް 11 ގަ އެވެ.