Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ޑްރަގާ އެކު ހިތަދޫ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެ އިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ އިންޑިއާ މީހެއް ކަމަށްވާ މަރިޔައްޕަން ގަނެޝަން، 39، އާއި ނ. ކެނދިކުޅުދޫ/ކުޅުދޫ. ގުލްފާމްގޭ، އިބްތިޝާމް ޢަލީ، 27، ގެ އިތުރުން އައްޑޫ ހިތަދޫ، ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް، 54، އެވެ.

މި ތިން މީހުންގެ ތެރެއިން އިބްތިޝާމް އާއި މަޢުޞޫމް ހައްޔަރުކޮށްފައި ވަނީ އިއްޔެ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އެ މީހުންނާމެ ދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން އިބްތިޝާމް ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓް އޭނަގެ އަތުން ފެނިފައިވެއެވެ. އަދި މަޢުޞޫމް ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް އޭނަގެ އަތުން ވެސް ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އިބްތިޝާމާއި މަޢުޞޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ބުނީ މަރިޔައްޕަން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުުކުރެވޭ މައްސަލައާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އޭނަގެ އަތުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައިވެ އެވެ.

މައްސަލައާ ގުޅިގެން އޭނަ ރާއްޖެއިން ޑީޕޯޓް ކުރުމަށް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.