ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާ 'އެކުއެކީ' ޕްރޮގްރާމް އައްޑޫގައި އަންނަ މަހު ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ޒުވާނުންނަށް ހުޅުވާލައިފި އެވެ.
ޔޫއެންޑީޕީއާ ގުޅިގެން ހިންގަން ހަމަޖެހިފައިވާ އެކުއެކީ: ޔޫތު ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް މުޅި އައްޑޫގައި ހިންގަން ނިންމާފައި ވަނީ އަންނަ މަހުގެ 5-11 އަށެވެ.
ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 18-30 އަހަރާ ދެމެދުގެ މީހުންނަށެވެ.
އެހެންވެ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެ އުމުރުފުރާފެ ޖިންސުގެ ޒުވާނުންނަށް އޮތީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 30 އަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަންބަރު އިން ހޯދޭނެ އެވެ.