މި އަހަރުފެ ޖެނުއަރީގައި ބޭއްވި އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
މި އަހަރުގެ އިމްތިހާނު ފެށީ، ޖެނުއަރީ 28 ގައި އެސްއެސްސީ އިމްތިހާނާ ވެސް އެކީގަ އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ޑީޕީއީ) އިން ބުނީ، އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާއާ ޙަވާލުވުމަށް އެހެން މީހަކު ފޮނުވާ ނަމަ ދަރިވަރުގެ އައިޑީ ކާޑާއި ޙަވާލުވާ މީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށެވެ.
މިއަހަރުގެ އައިޖީސީއީ އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8،218 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އިމްތިހާނު 267 ސެންޓަރެއްގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
އޯ ލެވެލް އިމްތިހާނު މާލޭގައި ކުރިއަށް ގެންގޮސްފައި ވަނީ، 21 ސެންޓަރެއްގައެވެ. އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާނު ބޭއްވި އެވެ.