ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު އިމްތިއާޒް އަލީ ގެނެސްދޭން އުޅޭ ފިލްމު "މޭ ވާޕަސް އާއޫގާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 12 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ އިންޑިއާ ބައިކޮށްލުމުގެ ދުވަސްވަރާއި އެ ދުވަސްވަރުގެ ހަނދާންތަކުގެ ތެރެއިން ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. "މޭ ވާޕަސް އާއޫގާ" ގެ ލީޑް ތަރިންނަކީ ޒުވާން ތަރިން ކަމަށްވާ ޝަރްވާރީ ވާގާއި ވެދާންގް ރައިނާގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.
އަދި މީގެ ވަރަށް ހާއްސަ ރޯލަކުން ތަޖުރިބާކާރު އެކްޓަރު ނަސީރުއްދިން ޝާހް ވެސް ފެންނާނެ އެވެ.
"މޭ ވާޕަސް އާއޫގާ" އަންނަ މަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ އިރު، އިމްތިއާޒަކީ ކުރިން ވެސް ވަރަށް ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފާހަގަކޮށްލެވެ އެވެ.
އޭނަ އެންމެ ފަހުން ގެނެސްދިން ފިލްްމަކީ ދިލްޖީތާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލު ކުޅުނު 2024 ގެ މިއުޒިކަލް ބައޮގްރަފިކަލް ޑްރާމާ "އަމަރު ސިންގް ޗަމްކީލާ" އެވެ.