Last Updated: July 11, 11:41
Saturday, July 11, 2026
ޚަބަރު

ސާފިންގެ ސްޕޮންސަޝިޕް ބީއެމްއެލުން އާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ގައުމީ ސާފިން ޓީމުތަކުގެ ރަސްމީ ސްޕޮންސަރަކަށްވާން ހަދާފައި އޮތް އެއްބަސްވުމުގެ މި އަހަރު ވެސް އާކޮށްފި އެވެ.

މިކަމާ ބެހޭ ގައުމީ ބޭންލުން މިއަދު ބުނީ މި ޕާޓްނަޝިޕްގެ ދަށުން އެ ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނެޝަނަލް ޖޫނިއަ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތަކުގެ ދަށުން ގައުމީ ބޭންކުން އަންނަނީ މުހިންމު ދަރުރެއް އަދާކުރަމުންނެވެ.

މީގެ އިތުރުން އެ ބޭންކުން އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލަޝިޕެއް ވެސް ދެމުންނެވެ.