Last Updated: May 4, 13:48
Sunday, May 4, 2025
ޚަބަރު

ދެ ބުރި އިމަރާތެއްގެ މަތިން ވެއްޓި ހިތަދޫ މީހަކު މަރުވެއްޖެ

މާލޭގެ ގެއެއްގެ ދެވަނަ ބުރިން ހިތަދޫ ޒުވާނަކު ވެއްޓި މަރުވެއްޖެއެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫ، ސިނަވާ އަހުމަދު އަފްރާޒް 29އެވެ.

އޭނާ ވެއްޓުނީ މ. ސަނީ ކޯސްޓްގެ ދެވަނަ ބުރިންނެވެ.

ފުލުހުން ބުނީ މަރުވި އަފްރާޒް އަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށެވެ. "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްރާޒް ވެއްޓިފައިވަނީ ސަނީ ކޯޓްގޭގެ ދެވަނަ ފަންގިފިލާއަށް ވަދެ ވައްކަން ކުރަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.