މާލޭގައި ދަމަނަވަށީގެ ހިދުމަތް ދެމުން އަންނަ ތަން އަންނަ މަހުން ފެށިގެން ބަދަލު ކުރަން ނިންމައިފި އެެވެ.
އެތަނުން ބުނީ މާލޭ ސަރަހައްދުގައި ޖީޕީ އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ޤާއިމުކުރުމަށްޓަކައި، ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުން ކުރާ އިމާރާތް މަރާމާތުކޮށް، އެތަން އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރެއް ތަރައްޤީ ކުރުމަށް ނިންމާފައިވާތީ އަންނަ މަހުން ފެށިގެން ހިދުމަތް ދެމުން އަންނަ ތަން ބަދަލު ވާނެ ކަމަށެވެ.
އެގޮތުން އަންނަ މަހުގެ 1 އިން ފެށިގެން މިހާރު ދަމަނަވެށިން ދޭ ޚިދުމަތްތައް ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައި ވަނީ މާފަންނުގައި ޤާއިމުކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރާއި އަދި ހުޅުމާލެގައި ޤާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި ޖީޕީ ކްލިނިކުގައި ކަމަށް ދަމަނަވެށިން ބުންޏެވެ.