ކޮންމެ އަހަރަކު ވެސް ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނަ ބ. ކަމަދޫގެ މި އަހަރުގެ ބޮޑު އީދަށް ހާއްސަކުރި ލަވަ އާންމުކޮށްފި އެވެ.
މި ލަވަ އާންމުކޮށް ދޫކޮށްލީ ރާއްޖެ ޓީވީގެ ފަށާ އިރު ޕްރޮގްރާމްގެ މިއަދުގެ އެޕިސޯޑްގަ އެވެ.
ކަމަދޫ އީދު ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމެވެ. ދެ ޖިންސުގެ ޒުވާނުންގެ ސަގާފީ ނެށުންތަކާއި ރަށުގެ އެކި އުމުރުފުރައިގެ މީހުންގެ އީދު ފޯރި ދައްކުވައިދޭ ވީޑިއޯ ލަވައިން 2024 ގެ އީދުގެ ހަރަކާތްތަކުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އައިމިނަތު ޒާރާ ވެސް ފެނިގެންދެ އެވެ.
ޒާރާ އަށް އެ އަހަރުގެ އީދު ޝޯ އިން ލިބުނު ސަމާލުކަމާއި މަޝްހޫރުކަމުގެ ސަބަބުން އެ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) އާ ކައިވެނި ވެސް ކުރި އެވ. ނަމަވެސް އެ ކައިވެނި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމުމަކަށް އައިސްފަ އެވެ.
ރާއްޖެއާ ޓީވީއާ ގުޅިގެން ކަމަދޫ އީދުގެ ހަރަކާތްތައް މި އަހަރު ވެސް ގެނެސްދޭން ހަމަޖެހިފައިވާ އިރި، ގިނަ ހަރަކާތްތަކެއް ރާވާފައިވެ އެވެ.
މި އަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27 އެވެ.