ޕާކިސްތާންގެ ޒުވާން ޓިކްޓޮކް ތަރި ސަނާ ޔޫސުފް މަރާލި މީހާ އަށް މަރުހުގެ ހުކުމް އިސްލާމްއާބާދު ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އުމުރުން 17 އަހަރުގެ ސަނާ މަރައިލީ މިހާރު އުމުރުން 23 އަހަރުގެ އުމަރު ހަޔާތެވެ. އޭނަ ވަނީ އިސްލާމްއާބާދަށް ދަތުރުކޮށް، ސަނާ ދިރިއުޅޭ ގެއަށް ވަދެ ބަޑިން ހަމަލާދީ އޭނަ މަރާލައިފަ އެވެ.
އެ ކުށަށް އުމަރު އިއުތިރާފުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެެވެ. އޭރު އޭނަ ބުނެފައި ވަނީ ސަނާ މަރައިލީ އަށް އޭނަ ހިތްކިޔައިގެން ބައްދަލު ކުރަން އެތައް ފަހަރަކު އެދުމުން ވެސް އެކަމަށް އިންކާރުކޮށްފައިވާތީ އުފެދުނު ނަފުރަތްތެރިކަމެއްގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގައި އުމަރުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ މަރަށް ހުކުމް ކުރުމާ އެކު، ސަނާގެ އާއިލާ އަށް ބަދަލެއްގެ ގޮތުގައި 2.5 މިލިއަން ރުޕީސް (9،000 ޑޮލަރު) ދޭން ވެސް އަމުރުކޮށްފައިވެ އެވެ.