Last Updated: July 11, 06:01
Saturday, July 11, 2026
ޚަބަރު

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މި ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހިމަބިހި ކޭސްއެއް ފެނިއްޖެނަމަ އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދިނުން މިހާރު ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭ އިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި އަދި ހޮސްޕިޓަލަށް އަންނައިރު މާސްކު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ އިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ހިމަބިހީގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެ އެވެ.