Last Updated: July 11, 10:23
Saturday, July 11, 2026
މުނިފޫހިފިލުވުން

ޖެކީގެެ ބިރުވެރި ފިލްމެއްގެ މަސައްކަތް ފަށަައިފި

އިންޑިއާގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ބިރުވެރި ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

މިއަދު ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލާފައިވާ މި ފިލްމުގެ ނަމަކީ "ކެތީ" އެވެ. ހަރިސް އިމްތިޔާޒް ޚާން ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓްގައި ޝަރަދު ކެލްކަރް އާއި ވިރެންދުރަ ސަކްސޭނާ އަދި ޝާޖީ ޗައުދަރީ ހިމެނެ އެވެ.

ރަށްފުށުގެ ބިރުވެރި ވާހަކައެއް ކިޔައިދޭނެ "ކެތީ" މިއަދު އިއުލާންކުރި ނަމަވެސް މިއާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ވެސް އަދި ސާފެއް ނުވެ އެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ޖެކީ، 69، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ރިލީޒްކުރި "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. އެވެ. މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ ބައްޕަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 26 ގައި ގެނެސްދޭން ނިންމާފައި އޮތް ކޮމެޑީ ފިލްމު ވެލްކަމް ޓު ދަ ޖަންގަލް އިންނެވެ.

ޖެކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ގްރޭޓް ގްރޭންޑް ސުޕަހީރޯ: ހޭލިއަންސް ކާ އާގްމަން" ހިމެނެ އެވެ.