Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

މާލީ ބަގާވާތުގެ މައްސަލަ ފައިލްކޮށްފި

މި ސަރުކާރުގެ ކުރީކޮޅު އެމްޑީޕީން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ތެރެއިން، މާލީ ބަގާވާތެއް ގެންނަން އުޅުނުކަމަށް ތުހުމަތުކޮށް ފުލުހުން ބަލަމުން ގެންދިޔަ މައްސަލަ ފައިލްކޮށްފި އެވެ.

ގައުމީ ބޭންކުން ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް އޮގަސްޓް 25، 2024 ގައި ނިންމުމަށް ފަހު، އެ ދުވަހު ހެނދުނު ނިންމި އެ ނިންމުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ދޭ ގޮތަށް ބަދަލުކުރި އެވެ.

ނަމަވެސް ބީއެމްއެލްގެ އެ ފިޔަވަޅަކީ އިދިކޮޅު އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގައި މާލީ ބަގާވާތެއް ހިންގަން ކުރި މަސައްކަތެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުން ބަލަން ފެށިއެވެ. އަދި އެގޮތަށް ތުހުމަތުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވާހަކަ ދައްކަވާފައިވެ އެވެ.

އޭރު ރައީސް ވިދާޅުވެފައި ވަނީ އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެކަމަކު މި މައްސަލަ ފެންމަތިވެ، މާލީ ބަގާވާތުގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ފަހުން ކަމާބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އެހެންވެ އެ މައްސަލަ މިހާރު އޮތް ހިސާބެއް ހޯދަން އާންމުންގެ މީހަކު މިދިޔަ މަހު، ފުލުހުންނަށް ހުށަހެޅި އާރްޓީއައިއަކަށް ދިން ޖަވާބުގައި ބުނެފައު ވަނީ އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ދިން ޖަވާބުގައި ބުނެފައި ވަނ ފުލުހުންގެ ހިދުމަތުގެ ރިކޯޑުތަކުން ދައްކާ ގޮތުން ބޭންކްގެ 2024 ގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަދަ ހާލަތެއް ނެތުމާ އެކު އެކަމަކީ ކްލޯޒްކޮށް ނިންމާފައި އޮން ނިންމުމެއް ކަމަށެވެ.