އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދާ ޕާޓްނަޝިޕް އޮފް ރީޖަނަލް އާމީސް ފޯ ގްރޯތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން (އެކްސަސައިޒް ޕްރަގާޓީ) ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ އެވެ.
އިއްޔެ އިން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް އިންޑިއާގެ މެގަލައިޔާގައި ހުންނަ އަމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްދާ މި އެކްސަސައިޒުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލައޯސް، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ، އަދި ވިއެޓްނާމް ބައިވެރިވެ އެވެ.

މި އެކްސަސައިޒް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ފަރުބަދަމަތީ އަދި ޖަންގަލި ސަރަހައްދުތަކުގައި ހިންގާ ކައުންޓަ-ޓެރަރިޒަމް އޮޕަރޭޝަންސްތަކުގެ މައްޗަށެވެ.
ފަންނީ މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމަށާއި، އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި އެކްސަސައިޒުގައި، ޖޮއިންޓް ޕްލޭނިންގ އެކްސައިޒްތަކާއި، ޓެކްޓިކަލް ޑްރިލްސް، އަދި ކޯޑިނޭޓެޑް އޮޕަރޭޝަންސް ކުރިއަށް ދާނެ އެވެ.

މި އެކްސަސައިޒުގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް، އެމްއެންޑީއެފް ސްޕެޝަލް ބޯޓް ސްކޮޑްރަން އަދި އެމްއެންޑީއެފް މެރީންސް ހިމެނޭހެން 30 ސިފައިންނާއި ދެ އޮފިސަރަކު ބައިވެރިވެ އެވެ.