Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

ގެެގް އޯޑަރާ ހިލާފުވެގެން ވަޒީފާ ގެއްލިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭ ގޮތުން 'އަދަދު' އިން ގެނެސްދިން ޑޮކުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ނިންމައި އައްޑު އަށް ނިސްބަތްވާ އެސްޓީއޯގެ މުވައްޒަފަކު ވަކިކޮށްފި އެވެ.

މަގާމުން ވަކިކޮށްފައި ވަނީ ހިތަދޫ ޖިފްޓި، އަލީ ޝާފިއު އެވެ.

މިދިޔަ ހޯމަ ދުވަހު އޭނާއަށް އެސްޓީއޯ އިން ފޮނުވި ސިޓީއެއްގައި ޝަފީއު އެ އަމުރާ ހިލާފުވެއްޖެ ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މެނޭޖްމަންޓަށް ހުށަހެޅި ސުލޫކީ މައްސަލައެއް "އިދާރީ ގޮތުން ތަހުގީގުކޮށް ބެލި" ކަމަށެވެ. އަދި ކުންފުނީގެ އެތެރޭގެ އެ ތަހުގީގުން އެނގުނު ގޮތުގައި ކޯޓުން ނެރުނު އަމުރަށް ތަބާ ނުވާނެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އަލީ ޝަފީއު ޕޯސްޓެއްކޮށްފައިވާ ކަމަށާއި އެ ޕޯސްޓުގެ އިބާރާތާއި ބަސްމަގަށް ބެލުމުން، އޭނާ އެ ކޯޓު އަމުރާއި ކުންފުނީގެ މުވައްޒަފުންގެ ސްލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ތަހުގީގަށް ބުރަވެވޭ ކަމަށް ބުނެފައިވެ އެވެ. އަދި އެ ޕޯސްޓްގައި ރައީސަށާއި އަނބިކަނބަލުންނަށް ސާޖިދާ މުހައްމަދަށް ނިސްބަތްކޮށް ފުރައްސާރަކުރާ ފަދަ އިބާރާތް ބޭނުންކޮށްފައިވާކަން ވެސް ފާހަގަވި ކަމަށް އެސްޓީއޯގެ ސިޓީގައި ބުނެފައިވެ އެވެ.

އެހެންވެ ޝާފިއުގެ އެ އަމަލުތަކަކީ، ކުންފުނީގެ މުވައްޒަފުން ގެންގުޅެން ޖެހޭ އާންމު ސުލުކީ މިންގަނޑާ ހިލާފު ކަމެއް ކަމަށްވާތީ ވަޒީފާއާ ބެހޭ ގާނޫނުގެ 23 މާއްދާގެ ދަށުން އޭނަގެ ވަޒީފާގެ އެއްބަސްވުން އަންގާރަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިޗވާ ކަމަށް ސިޓީގައިވެ އެވެ.

ގެގް އޯޑަރާ ހިލާފުވި ކަމަށް އަމިއްލަ ފަރާތަކުން ވަނީ ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދުގެ މައްސަލައެއް މިދިޔަ ހޯމަ ދުވަހު ކްރިމިނަކް ކޯޓަށް ހުށަހަޅައިފަ އެވެ.