ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް އަލީ ނަސީރު ގާސިމް މިއަދު ޢައްޔަންކޮށްފި އެވެ.
އޭނަ އައްޔަންކުރީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
މިއަދު ހެނދުނު، ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނަޞީރު ވަނީ ޖުޑީޝަލް ޖޭއެސްސީފެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވައިފަ އެވެ. އޭނަ އަށް މެންބަރުކަމުގެ ހުވާލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ނަޞީރު އާ ޙަވާލުކޮށް ދެއްވައިފަ އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ނަސީރު އައްޔަންކުރީ، ރައީސް އައްޔަންކުރެއްވި މެންބަރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.