Last Updated: July 11, 10:01
Saturday, July 11, 2026
ދުނިޔެ

މެކްސިކޯގެ ސަފާރަތީ މުހިންމު ނިންމުމެއް

ފަލަސްޠީނަކީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތްކަން، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝައިންބާމް އިޢުލާން ކުރައްވައިފި އެވެ.

މެކްސިކޯ އިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތް ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ އިރު، އެއީ ވަރަށް މުހިންމު އަދި ދުރުރާސްތާގެ ކުރިއެރުމެއްގެ ގޮތުގައި، ބައިނަލްއަޤުވާމީ ސަފާރަތީ ދާއިރާތަކުން ދަނީ ސިފަކުރަމުންނެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މެކްސިކޯގެ، އެ ތާރީޚީ ނިންމުމަކީ މެދުއިރުމަތީގެ މިހާރުގެ ޙާލަތާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާ ބެހޭގޮތުން ބައިނަލްއަޤުވާމީ ޝުޢޫރުތަކާއި ގުޅިފައިވާ އާދަޔާ ޚިލާފު މުހިންމު ނިންމުމެކެވެ.

އެ އިޢުލާނަށް ފަހު ބައިނަލްއަޤްވާމީ މުރާޤިބުންނާއި، އެކި ޤައުމުތަކުގެ ފަރާތުން ވަނީ ތަފާތު ރައްދުޢަމަލުތަކާއި ސަފާރަތީ ޙަރަކާތްތަކެއް ފަށާފަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ފަލަސްޠީނަށް ދައުލަތެއްގެ ޙައްޤު ހޯދާދިނުމުގެ މައްސަލައަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ އެކި ފޯރަމްތަކުގައިޔާއި، އަދި ބައިނަލްއަޤުވާމީ ސަފާރަތީ ގުޅުންތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވެމުންދާ މައްސަލައެކެވެ. އަދި އެކަމާއި ގުޅޭގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢު ވަނީ ކަފިކަފި ވެފައެވެ.

މެކްސިކޯގެ އެ ފިޔަވަޅަކީ، ދިގުލައިގެން ގޮސްފައިވާ އެ ހަމަނުޖެހުމަށް، އާ މަގެއް ހުޅުވިދާނެ ފިޔަވަޅެކެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.