ހުޅުމާލެ ފަޅުތެރެއަށް، މޫދަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު އިރުއޮއްސި 18:30 ހާއިރު ހުޅުމާލޭގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.