Last Updated: July 12, 09:52
Sunday, July 12, 2026
ޚަބަރު

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ހުށަހަޅައިފި

މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިިފި އެވެ.

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ހުށަހެޅީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ކުޑޫ ހުށަހަޅާފައިވަނީ ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 45,000ރ އަަށް ބޮޑުކުރުމަށާއި ނާއިބު ރައީސުންގެ މުސާރަ 35,000ރ އަށް ހަމަޖެއްސުމަށެވެ.
އަދި ކައުންސިލް މެންބަރުންގެ މުސާރައަކީ 25,000ރ ކަމަށް ކަނޑައަޅަން ވެސް ވަނ އެދިފަ އެވެ.

ކައުންސިލަރުންްގެ މުސާރަ އެ މިންވަރަށް ބޮޑުކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ކުޑޫ ފާހަގަކުރައްވާފައިވަނީ ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ވުރެ ކުޑަ ކަމާއި އަދި ކައުންސިލަރުންގެ މުސާރަ, ކައުންސިލްގެ ބައެއް އިދާރީ މުވައްޒަފުންނަށް ވުރެ ކުޑަކަން ކަމަށެވެ.

އެހެން ކަމުން މިއީ ނިޒާމާއި ބީރައްޓެހި އިންތިހާބީ އޮފިސަލުންގެ ބާރުވެރިކަމަށް އުނިކަން އަންނާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީތަކުގެ ސިޓީތަކުގެ ރައީސުންގެ މުސާރަ 41,000ރ އަށް އަދި ރަށްރަށުގެ ރައީސުންގެ މުސާރަ 21,000ރ ވަނީ ބޮޑުކުރަން ނިންމާފަ އެވެ.