Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ފަޅުތެރެއަށް ގެއްލުނު މީހާ ހަށިގަނޑު ފެނިއްޖެ

ރޭ އިރާކޮޅު ހުޅުމާލެ ފަޅުތެރެއަށް، މޫދަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި އެ ހާދިސާގައި މަރުވި މީހާ އަކީ ކ.ގުރައިދޫ, ރަތްވިލާގޭ އިބްރާހިމް ޝާކިރު, 48, އެވެ.

ފުލުހުން ރޭ ބުނީ އިރުއޮއްސި 18:30 ހާއިރު ހުޅުމާލޭގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން މިއަދު ބުނޮި ގޮތުގައި ޝާކިރުގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ފަޅުތެރެއިންނެވެ. އޭނަ ރޭ އިރާކޮޅު ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅަށް ފޭބީ މަސައްކަތް ކުރަމުން އައި އައި ތެޔޮ ބާޖުންނެވެ. ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ހުޅުމާލޭ ފަޅުތެރެއިން ފެނިފައިވާ ކަމަށެވެ.