Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ކޮމްޕްލައިންޓްސް ބިއުރޯ ޖުލައި 26 އަށް ހުޅުވަނީ

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސްޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތު މީޑިއާ، ޕީއެސްއެމް އިން ރޭ އަލަށް ގެނެސް ދޭން ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި އެ މަނިކުފާނު ވިދާޅުވީ މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ހިދުމަތް ދިނުމަށް ގާއިމްކުރާ މި އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ެ ނަމުގައި އޮފީހެއް އުފެއްދެވީ މިދިޔަމަހުގެ 16 ގަ އެވެ. އަދި އެ އެފަދަ އޮފީސް އުފައްދަވާނެކަން ރައީސް އިއުލާންކުރެއްވީ ފެބްރުއަރީ 5 ގައި ދއްވި ރިޔާސީ ބަޔާނުގަ އެވެ.

ކޮންޕްލައިންޓްސް ބިއުރޯގެ ވެރިއަކަށް މިނިސްޓަރެއްގެ ފެންވަރުގައި ޑރ. މުހައްމަދު މާހިދު ޝަރީފް ވަނީ އައްޔަންކޮށްފަ އެވެ. އެ މަގާމަށް އޭނަ އައްޔަންކުރީ މި މަހުގެ 18 ގަ އެވެ.