ބޮލީވުޑްގެ ތަރި، ވަރޫން ދަވަން އަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން މިއަދު ބުނީ އޭނަ އަށް ފިލްމެއް އޮފާކުރީ 'މޯޓަލް ކޮމްބެޓް' ފިލްމު ސީރީޒްގެ ޕްރޮޑިއުސަރު ލޯރެންސް ކެސަނޮފް ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި ވަރޫން އަށް ހުށަހެޅީ މޯޓަލް ކޮމްބެޓްއާ ގުޅުވައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. އަދި އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި ހުރިހާ ކަމެއް ފައިނަލްވުމުން، ވަރޫންގެ ފުރަތަމަ ހޮލީވުޑްް ޕްރޮޖެކްޓް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް އެ ނޫހުން ބުންޏެވެ.
އެހެންވެ މި ވަގުތަށް އަދި މިއާ ގުޅޭ ގޮތުުން ދެ ފަރާތުގެ ރަސްމީ އެއްވެސް ބަހެއް ނެތެވެ.
މޯޓަލް ކޮމްބެޓްގެ ފަސް ފިލްމެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. ފުރަތަމަ ފިލްމަކީ 1995 ގައި ގެނެސްދިން 'މޯޓަލް ކޮމްބެޓް: ދަ ޖާނީ ބިގިންސް' އެވެ. އަދި ފަސް ވަނަ ފިލްމަކީ 2023 ގެ 'މޯޓަލް ކޮމްބެޓް ލެޖެންޑް: ކޭޖް މެޗް' އެވެ.
ވަރޫން އަށް ހޮލީވުޑްގެ ފިލްމެއް ހުށަހެޅި އިރު، އޭނަ ވަނީ ކުރިން ވަނީ ހޮލީވުޑްގެ ސީރީޒެއްގެ އިންޑިއާ ވާޝަން ކުޅެފަ އެވެ. އެއީ ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެންއާ އެކު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން 'ސިޓަޑަލް' އެވެ. އޭގެ ހިންދީ ވާޝަން 'ސިޑަޓެލް: ހަނީ ބަނީ' އަކީ ވަރޫން އާއި ސަމަންތާ ރޫތު ޕްރަބޫއާ އެކު ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ހެދި ސީރީޒެކެވެ.
ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 5 ގައި ގެނެސްދޭން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީ 'ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އެވެ. މިއީ ވަރޫންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބޮލީވުޑަށް ނުކުތީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ 2012 ގެ 'ސްޓޫޑެންޓް އޮފް ދި އިޔާ' އިންނެވެ.