ޖުލައި މަހު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ފައިނޭންޝަން އެކްސްޕޯގައި ބައިވެރިވާން ރާއްޖޭގެ މާލީ އަދި ވިޔަފާރީގެ ދާއިރާގެ ފަރާތްތަކަށް ހުޅުވާލައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މި އެކްސްޕޯގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ވިޔަފާރި އާއި މާލީ ދާއިރާގެ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ. އެހެންވެ އެކްސްޕޯގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ޖުލައި 1 އާ ހަމައަށް ވަނީ ހުޅުވާލައިފި އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބާއްވަން މަރުކަޒީ ބޭންކުން ނިންމާފައި އޮތީ ޖުލައި 2-4 އަށެވެ.