Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

އަމީރުލްހައްޖު ދިވެހި ހައްޖުވެރިންނާ ބައްދަލުކޮށްފި

އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ސައީދުގެ މި ޒިޔާރަތުގައި ވަނީ، ވަކިވަކިން ޙާޖީންނާ ބައްދަލުކުރައްވައި ޙާލު އޮޅުންފިލުއްވާފަ އެވެ. އަދި ދިވެހި ޙައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންދާކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ.

މިއަހަރުވެސް ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1000 ޙައްޖުވެރިން ބައިވެރިވެ އެވެ. އެ މީހުން ފުރީ ތިން ބުރެއްގެ މަތީންނެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.