ޓްރެފިކް މޮނީޓަރުން ތާޒާކުރުމުގެ ސެޝަންތަކެއް އައްޑޫގެ ބައެއް ސުކޫލުތަކުގައި ކުރިއަށް ގެންގޮސްފި އެވެ.
ގަން ޕޮލިސް ސްޓޭޝަނުން އެ ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 14، 20 އަދި 21 ވަނަ ދުވަހު އެވެ. އެގޮތުން ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ މަރަދޫ ސްކޫލާއި، އިރުޝާދިއްޔާ ސްލޫލްގެ އިތުރުން އަދި ފޭދޫ ސްކޫލުގެ ޓްރެފިކް މޮނީޓަރުންނަށެވެ.
މި ސެޝަންތަކުގައި، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ދަރިވަރުންނަށް ހަނދާންކޮށްދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް އިޝާރާތްކުރާނެ ގޮތާއި، މަގު ހުރަސްކުރާ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކުގެ އަމަލީ ތަމްރީނު ދީފައިވެ އެވެ. މީގެ އިތުރުން، ޓްރެފިކް ގަވާއިދުތަކާއި، މަގުމަތީގެ ނިޝާންތަކަށް ބޯލެނބުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ
މި ސެޝަންތަކަކީ ސުކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދަރިވަރުންގެ ދައުރު ފުޅާކޮށް، އަމަލީ މައިދާނުގައި މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.