Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

އިންޑިއާގެ ދަރިވަރެއް؛ ދިވެއްސާއި އިސްލާމުން ރަން ނަތީޖާއެއް!

ދިވެހި ދަރިވަރުން ދިވެއްސާއި އިސްމާލް މާއްދާ އަށް ދޭ ސަމާލުކަމާއި ޝައުގުވެރިކަން މިހާރު ވަރަށް ކުޑަ އެވެ. މިކަން އޮތީ ހަގީގަތުގައ ގައުމީ މައްސަލައަކަށް ވެސް ވެފަ އެވެ. ދިވެހިން ދިވެންނަށްވުމުގެ މައިގަނޑު އަސާސަކީ އަމިއްލަ ބަހާއި އިސްމާލް ދީނެވެ

އެހެންވެ މިކަމަށް އޮތް ޝައުގުވެރިކަން ގެއްލުމަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑު މައްސަލައެކެވެ. ގައުމިއްތަށް ވެސް އޮތް ނުރައްކެލެވެ. ރާއްޖޭގައި ކޮންމެ އަހަރަކު އޯ އެލެލް އާއި އޭ ލެވެލް ނިންމާ ދަރިވަރުން، އެހެނިހެން މާއްދާތަކުން ދުނިޔޭގެ ފެންވަރުގެ ނަތީޖާތައް ހޯދަމުން އަންނަ އިރު، ދިވެއްސާއި އިސްލާމުން ހޯދާ ނަތީޖާ އަކީ އެންމެ އުފާވާ ކަހަލަ ނަތީޖާތަކަކަށް ނުުވެ އެވެ.

ދިވެހި ދަރިވަރުން އެ ދެ މާއްދާ ދުުރުވަމުންދާ އިރު، މި ފަހަރު ދައްުކައިލަން މިއޮތީ ދިވެހިން ވަރަށް ފުންކޮށް ވިސްނައިލަން ޖެހޭ ކަހަލަ ވާހަކައެކެވެ.

ރާއްޖޭގައި ކިޔެވި އިންޑިއާގެ ދަރިވަރަކު ދިވެއްސާއި އިސްލާމުން ކުލަގަދަ ނަތީޖާއެއް ހޯދުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ މާލޭގެ
ދަރުމަވަންތަ ސްކޫލްގައި މި އަހަރު އޯލެވެލް ނިންމި އިންޑިއާއަށް ނިސްބަތްވާ އަޙްމަދު ސިއްދީޤް މިންޝާވީގެ ވާހަކަ އެވެ.، އޭނަ ވަނީ ދިވެހިން އޭ، އިސްލާމުން އޭ ސްޓާ ހޯދައިފަ އެވެ.

މިންޝާވީގެ މަންމަ ނިޒާ މިސްއަކީ ދަރުމަވަންތަ ސްކޫލުގެ އިކޮނޮމިކްސް ޓީޗަރެކެވެ. އެ ސްކޫލުގައި އޭނާ ކިޔަވައިދެއްވާތާ މިހާރު 19 އަހަރެވެ. މިންޝާވީގެ ބައްޕަ ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު 30 އަހަރުވެއްޖެ އެވެ.

ދަރިވަރު ނޫހަށް މިންޝާވީ ކިޔައި ދީފައިވާ ގޮތުގައި އޭނަ އިސްލާމާއި ދިވެހި މާއްދާ އިން ހޯދި ބޮޑު ކާމިޔާބީ އަކީ އޭނަގެ
ޝަނީޒް އަށް ދަރުމަވަންތަ ސްކޫލުގެ އިސްމަޤާމަކަށް ކުރިމަތި ނުލެވުނީ ދިވެއްސާއި އިސްލާމް މާއްދާގައި ބައިވެރިނުވުމުން އެ ތަން ފޫބައްދަން ކުރި މަސައްކަތުގެ ނަތީޖާ އެވެ. އެހެންވެ މިންޝާވީ، އިސްލާމާއި ދިވެހި މާއްދާ ކިޔެވީ ދައްތައަށް ނުލިބުނު މަޤާމް ހޯދުމުގެ ބޭނުމުގަ އެވެ. އޭނާ އެ މަޤާމް ހޯދީ ދިވެހި ދަރިވަރުންނާ ވާދަކޮށް ވާދަވެރި ކެމްޕެއިނަކަށް ފަހު އެވެ.

މިންޝާވީ ބުނެފައި ވަނީ ދިވެއްސާއި އިސްލާމް މާއްދާ ކިޔަވަން ފުރަތަމަކޮޅު އޭނާއަށް ވަރަށް އުނދަގޫވި ކަމަށެވެ. އަދި ސްކޫލުގައި ކިޔަވައިދޭ އެއްޗަކާއި ޓިއުޝަން މިސް އާއި އަމިއްލައަށް ކުރި މަސައްކަތުން އެސްއެސްސީގެ ދެ މާއްދާއިން ލިބުނީ އޭނާ އުއްމީދު ކުރި ވަރަށް ވުރެ މާ ރަނގަޅު ނަތީޖާއެއް ކަމަށް ބުންޏެވެ. އެހެންވެ ލިބުނު ކުލަގަދަ ނަތީޖާއާ އެކު މިންޝާވީ އަަށް ދިވެހި ކިޔަވައި ދެއްވި ޒީނިޔާ މިސްއާއި ޓިއުޝަން ނަގައިދެއްވި އަބްދުއްރަހުމާނު ސާ އަށް ހާއްސަ ޝުކުރެއް ވެސް އަދާކުރި އެވެ.

މިންޝާވީ ބުނީ، ދިވެއްސާއި އިސްލާމް މާއްދާ ގިނަ ކުދިންނަށް އުނދަގޫ ވަނީ އެ ދެ މާއްދާ އަށް ފޯކަސްކޮށްގެން ކިޔަވަން މަސައްކަތް ނުކުރާތީ ކަމަށެވެ

ފާއިތުވި އަހަރު ދަރުމަވަންތަ ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދީ ދަރިވަރަކީ ވެސް މިންޝާވީއެވެ. ޤައުމީ ގަދަ ދިހައެއްގެ 4 ވަނަ އޭނާ އަށް ލިބުނެވެ.

ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަ ދައްކާ މިންޝާވީ ބުނީ، އޭ ލެވެލްއަށް ކިޔަވާނީ އިންޑިޔާގައި ކަމަށާއި އޭނާގެ ދައްތަ ވެސް އޭ ލެވެލް ނިންމީ އިންޑިއާގައި ކަމަށެވެ.

މިންޝާވީ ބުނީ، ދަރުމަވަންތަ ސްކޫލުގައި ކިޔެވިއިރު، އޭނާއަކީ އިންޑިޔާ ކުއްޖެއްކަން ގިނަ ކުދިންނަށް ނޭނގޭ ކަމަށާއި އެކުގައި އުޅޭ ކުދިންނަށް އެކަން އެނގުމުން ހައިރާންވާ ކަމަށެވެ.

"އާންމުކޮށް އުޅޭއިރު ކުދިންނަކަށް ނޭނގެ އިންޑިޔާ ކުއްޖެއް ކަމެއް. އިންޑިއާ ކުއްޖެކޭ ބުނީމާ އެ ކުދިންނަށް ލިބެނީ ހައިރާންކަން." މިންޝާވީ ބުންޏެވެ.

މިންޝާވީ ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕަގެ ދައުރު ވަރަށް ބޮޑު ކަމަށާއި ސްކޫލުގެ ޕްރިންސިޕަލް ނާދިރާ މެޑަމް ދެއްވި ހިތްވަރާއި ބެހެއްޓި ގާތްކަން ފާހަގަކުރާ ކަމަށެވެ.

މިންޝާވީގެ މި ކާމިބާޔާ އަކީ ދިވެހި ދަރިވަރުންނާއި ދިވެހި ބެލެނިވެރިން ހަމަ ފުންކޮށް ވިސްނާލުން ވަރަށް މުހިއްމު ކަމެކެވެ.