Last Updated: July 12, 09:52
Sunday, July 12, 2026
ޚަބަރު

ސޮޑާގެ ކެމްޕޭން ލޯންޗް ކުރުން މިރޭ

އަންނަ މަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭން ލޯންޗް ކުރުމުގެ ޖަލްސާ މިރޭ ބާއްވަން ނިންމައިފި އެވެ.

އެ ޖަލްސާ އޮންނާނީ އޭނަގެ ކެމްޕޭން އޮފީހުގަ އެވެ. ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 8:30 ގަ އެވެ.

ސޮޑާ އަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރެވެ. ކައުންސިލްގެ ފަސް ވަނަ ދައުރަށް އެ ދާއިރާ އަށް މިދިޔަ މަހު ލޯކަލް ކައުންސިލް އިންތިހާބުގައި އޭނަ ވާދަކުރެއްވި އެވެ. ސޮޑާ އަކީ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިދިޔަ މަހު ޕްރައިމަރީން ވެސް ބަލިވެ ކެންޑިޑޭޓެވެ.

އެ ބައި-އިލެކްޝަން ކާމިޔާބުކުރީ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު މުހައްމަދު ސިނާނެވެ. ނަމަވެސް ފީއެންސީން ވަނީ މިދިޔަ މަހުގެ 25 ގައި ބޭއްވި ޕްރައިމަރީން ސިނާނަށް ލިބުނު ޓިކެޓް އަތުލައި ސޮޑާ އަށް ދީފަ އެވެ. ސިނާނަށް ގޮނޑި ގެއްލުނީ ދަރަނީގެ މައްސަލައެއްގަ އެވެ. އަދި އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ މަހުގެ 12 ގަ
އެވެ.

ބައި-އިލެކްޝަންގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ސޮޑާ ވާދަކުރައްވާ އަމިއްލަ ގޮތުން އޭނަ 20 ވަނަ މަޖިލީހަށް ހަމަ އެ ދާއިރާ އަށް ވާދަ ވެސް ކުރެއްވި އެވެ.

އަންނަ މަހުގެ 6 ގައި ބާއްވާ ބައި-އިލެކްޝަންގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.