Last Updated: July 11, 10:01
Saturday, July 11, 2026
ދުނިޔެ

ބޯޓްދެލި މައިނެއް ގޮވައި 90 މީހަކު މަރުވެއްޖެ

ޗައިނާގެ ބޯޓްދެލި މައިނެއް ގޮވައި 90 މީހަކު މަރުވެ، އިތުރު ބަޔަކު ގެއްލިއްޖެ އެވެ.

މީޑިއާތަކުން ބުނީ ޗައިނާގެ އުތުރުގެ ޝާންޒީ ޕްރޮވިންސްގެ ލިއުންޝެންޔޫ ކޯލް މައިންގައި ހިނގި އެ ހާދިސާގައި މިހާތަނަށް 90 މީހަކު މަރުވެފައިވާ އިރު، 9 މީހަކު ގެއްލިފައިވާ ކަމަށެވެ.

އެ ހާދިސާގައި ހިނގި ބޯޓްދެލި މައިންގައި 247 މީހަކު ޑިއުޓީގައި ތިބި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން އިތުުރު މީހުން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ބޯޓްދެލި މައިންގައި ރޯވި ހާދިސާ ތަހުގީގޮށް، އެ ހާދިސާގެ ޒިންމާވާ ފަރާތްތައް ހޯދަން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފަ އެވެ.

މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓޮންގްޒޫ ގްރޫޕްގެ ދަށުގައި އޮންނަ ބޯޓްދެލި މައިން ގޮވީ ގޭސް ލީކްވުމާ ގުޅިގެންނެވެ.